މިއީ ޓެރަރިޒަމްގެ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރި މައްސަލަ އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުންވަނީ ހެކި ސިއްރުކުރަން އޮފިސަރުންނަށް މީގެ ކުރިން އިންޒާރެއް ނުވަތަ އަނިޔާއެއް ލިބިފައިވުން ލާޒިމެއް ނޫން ކަމަށް ކަނޑައަޅައިފައެވެ. މަސައްކަތުގެ ތަބީއަތަށް ބަލައި ޖަމާއީ ގޮތެއްގައި ނުރައްކާ އޮތްކަން އެނގުމުން ފުދޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
ވަކި ފަރުދަކަށް އޮތް ނުރައްކަލުގެ އިތުރުން، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި އިންޓެލިޖެންސް މަޢުލޫމާތު ސިއްރުކުރުމުގެ އާންމު މަސްލަހަތަށް ކޯޓުން ރިއާޔަތްކުރަންޖެހޭނެ ކަމަށްވެސް ކޯޓުން ނިންމި އެވެ.
ސުޕްރީމް ކޯޓުގެ މި އުސޫލުތަކަށް ބަލައި، ހެކި ހިމާޔަތްކުރުމުގެ އަމުރާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;