ads
ވަޒީރުކަމުން އިސްތިއުފާދިން މާރިޔާއަށް ސަރުކާރުގެ އިސް މަގާމެއް
ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވި ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު 10 ވަޒީރަކު ވަނީ މިދިޔަ އޭޕްރިލްމަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. 

އޭގެތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. މަރިޔަމް މާރިޔާ ވަނީ ފޮރިން މިނިސްޓްރީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފަ އެވެ. އަދި އޭނާ ވަނީ މިހާރު ވަޒީފަށް އަށް ނުކުންނަވެސް ފަށާފަ އެވެ. 

މާރިޔާއަށް ސަރުކާރުގެ އިސް މަގާމެއް ދީފައިވާއިރު ވަޒީރުން މަޖިލީހުން އިސްތިއުފާދެއްވި ހަތަރު ވަޒީރަކަށް މިހާރު ސަރުކާުން މިވަނީ އިސް މަގާމުތަކެއް ދީފަ އެވެ. އެގޮތުން ކުރީގެ ލޯކަގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވަނީ  ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކޮށް ފައެވެ. އަދި ޓްއަރިޒމް މިނިސްޓަރު ވަނީ ތާރިގް އިބްރާހިމް ވަނީ  އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކޮށްފަ އެވެ. 

މީގެއިތުރުން ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;