ads
ހުޅުމާލޭގައި އަޅާ ބޮޑު މިސްކިތުގެ ކުރެހުމެއް
ބޮޑު މިސްކިތަށް ދިނީ ރާއްޖެ އިސްލާމްކުރެއްވި ފުރަތަމަ ރަސްގެފާނު ނަންފުޅު
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ރާއްޖެ އިސްލާމްކުރެއްވި ފުރަތަމަ ރަސްގެފާނު ކަމަށްވާ ސުލްތާން މުހައްމަދު ބިން އަބްދުﷲ ގެ ނަންފުޅާ ގުޅުވައިގެން ނަން ދިނުމަށް ނިންމައިފި އެވެ.
Advertisement

ހުޅުމާލޭގައި ބިނާ ކުރާ މި މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމީވީ 900 އަހަރު ފުރޭ ދުވަހާއި ދިމާކޮށް މިއަދު އެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ، "ސުލްތާން މުޙައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" އެވެ. 

މި މިސްކިތާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދަޅުވީ ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރުމަކީ ދިވެހި ރައްޔިތުން އެތައް އަހަރެއް ވަންދެން ދެކެމުން އައި ފޮނި ހުވަފެނެއް ކަމަށެވެ. އަދި މި ހުވަފެން ހަގީގަތަކަށްވުމުގެ މަސައްކަތް މިއަދު ފެށޭނެކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

your imageހުޅުމާލޭގައި އަޅާ ބޮޑު މިސްކިތުގެ ކުރެހުމެއް

ޝަހީމް ވިދާޅުވީ ބޮޑު މިސްކިތަށް ނަންދިނީ ދިވެހި ރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން އިހްތިޔާރުކުރެއްވި އައްސުލްތާން މުހައްމަދު ބިން އަބްދުﷲ ގެ ނަންފުޅާއި ގުޅުވައިގެން ކަމަށެވެ. ހިޖުރައިން 548 ވަނަ އަހަރު އެމަނިކުފާނުގެ އިސް ނެންގެވުމާއި އެކު މުޅި ރާއްޖެއަށް އިސްލާމުދީންގެ އަލިގަދަ ދަންމަރު ފެތުރިގެން ގޮސްފައިވާކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި އެވެ. 

your imageހުޅުމާލޭގައި އަޅާ ބޮޑު މިސްކިތުގެ ކުރެހުމެއް

މި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ އަލް ރަޖްހީ ޕްރައިވެޓް ލިމިޓެޑާއެވެ. މިސްކިތް އަޅާ ބިން އިއްޔެ ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފަ އެވެ. 

your imageހުޅުމާލޭގައި އަޅާ ބޮޑު މިސްކިތުގެ ކުރެހުމެއް

އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާއީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްގީކުރާނެ އެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ހާއްސަ ވިޒިޓަރ އޭރިއާއެއް ގާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެ އެވެ.

މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.

your imageހުޅުމާލޭގައި އަޅާ ބޮޑު މިސްކިތުގެ ކުރެހުމެއް

މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ އެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;