ads
އައިޝްވާރިއާ އަދި އަބީޝެކް
ކޮންމެ ހާލަތެއްގައި ވެސް އެންމެ ބޮޑަށް ބަރޯސާވެވޭނީ އައިޝްވަރިޔާއަށް: އަބީޝެކް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން، އޭނާގެ އަނބިމީހާ އަދި މަގުބޫލު ބަތަލާ އައިޝްވަރިޔާ ރާއީއާ ބެހޭގޮތުން ވާހަކަދައްކަމުން، ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ހާލަތެއްގައި ވެސް އެންމެ ބޮޑަށް ބަރޯސާވެވޭނެ އެކަކީ އައިޝްވަރިޔާ ކަމަށް ބުނެފިއެވެ.
Advertisement

އިންޓަވިއުއެއްގައި ވާހަކަދައްކަމުން އަބީޝެކް ވަނީ، އައިޝްވަރިޔާއާ ކައިވެނިކުރި ފަހުން އޭނާގެ ޒާތީ އަދި ފަންނީ ހަޔާތަށް އައި ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އަބީޝެކް ބުނި ގޮތުގައި އައިޝްވަރިޔާއަކީ އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑު ހަމަޖެހުމަކާއި އަމާންކަމެއް ގެނެސްދިން ބައިވެރިއެކެވެ. މީގެ ކުރިން އަމިއްލަ ނަފްސަށް ދުވަހަކުވެސް ނުލިބޭ ފަދަ ވަރުގަދަ އިތުބާރެއް ހޯދައިދިނީ އައިޝްވަރިޔާ ކަމަށާއި، އޭނާގެ އެހީތެރިކަމާ އެކު އަމިއްލަ ކަންކަން ނިންމުމުގައި ކުރިއަށްވުރެ ބޮޑަށް ސާބިތުވެ ހުންނަން ދަސްވި ކަމަށް އަބީޝެކް ފާހަގަކުރިއެވެ.

އަބީޝެކް ބުނީ "ކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ބޮޑު އިތުބާރެއް އޭނާ ވަނީ އަހަންނަށް ދީފައި. އޭނާއަކީ އަހަރެންގެ ހަޔާތަށް ވަރަށް ބޮޑު ހަމަޖެހުމެއް ގެނެސްދިން ފަރާތެއް. އަދި ދިރިއުޅުމުގައި ކޮންމެ ފަދަ ހާލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެންމެ ބޮޑަށް ބަރޯސާވެވޭނެ އެކަކީ އެއީ ކަން އަހަންނަށް ޔަގީން،" ކަމަށެވެ.

މީގެ އިތުރުން ފިލްމީ ދުނިޔޭގެ މަޝްހޫރުކަމާއި މީޑިއާގެ ސަމާލުކަމުގެ ތެރޭގައި އުޅޭއިރު ވެސް، ހަމަބިމުގައި ފައިތިލަ ސާބިތުކޮށްގެން އާދައިގެ މީހެއްގެ ގޮތުގައި ދިރިއުޅެން ދަސްކޮށްދިނީ ވެސް އައިޝްވަރިޔާ ކަމަށް އޭނާ ބުންޏެވެ. ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ބޮޑާނުވެ، އާއިލާއަށާއި އަމިއްލަ ދިރިއުޅުމަށް އިސްކަންދޭން އައިޝްވަރިޔާ އަބަދުވެސް ނަސޭހަތްތެރިވާ ކަމަށް އަބީޝެކް ވަނީ ބުނެފަ އެވެ.

އަބީޝެކް އާއި އައިޝްވަރިޔާގެ ކައިވެންޏާ ގުޅުވައިގެން ސޯޝަލް މީޑިއާގައްޔާއި ހަބަރުތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް، އަބީޝެކްގެ މި ވާހަކަކޮޅުން ދައްކުވައިދެނީ އެ ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ވަރަށް ބަދަހިކަމެވެ. މި ވާހަކަތަކާ އެކު ދެ ތަރިންގެ ފޭނުން އަންނަނީ ދެމީހުންގެ ގުޅުމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;