ads
އެކްޓަރު ސައިމަން ލުއި
ކެންސަރު ބަލީގައި އެކްޓަރު ސައިމަން ލުއި މަރުވެއްޖެ
ހޮންކޮންގްގެ މަޝްހޫރު އެކްޓަރު އަދި ގިނަ ބިރުވެރި ފިލްމުތަކެއް ކުޅެގެން "ކިންގް އޮފް ގޯސްޓްސް" ގެ ނަމުން މަގުބޫލުކަން ހޯދި ސައިމަން ލުއި ބަނޑުގެ ކެންސަރު ބަލީގައި އުމުރުން 62 އަހަރުގައި މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ
Advertisement

އޭނާ މަރުވެފައިވަނީ  ޗައިނާގެ ގުއަންޒޯގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އެ ވަގުތު އޭނާގެ އަންހެނުން މާ ލީ އަރިހުގައި ހުރި ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

ސައިމަން މަރުވިކަން އޭނާގެ އަންހެނުން ވަނީ ކަށަވަރުކޮށްދީފައެވެ. ޒުވާން އުމުރުގައި ވެސް ކެންސަރު ބައްޔާ ކުރިމަތިލައި، ފަރުވާއަށް ފަހު ރަނގަޅުވި ނަމަވެސް، ފަހަކަށް އައިސް އަލުން އެ ބަލި ބޮޑުވެ އޭނާގެ ހާލު ދެރަވާން ފެށިއެވެ. ބަލިހާލަތު ގޯސްވުމާ ގުޅިގެން އޭނާ ވަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކާ ދުރުވެ، އާއިލާއާ އެކު އާދައިގެ ދިރިއުޅުމެއް ވޭތުކުރަން ފަށައިފައެވެ.

އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އެކްޓަރު ފްރެންކީ އެންޖީ ބުނީ، "އާއިލާއިން ބޭނުންވީ އެއްވެސް އިސްތިހާރެއް ނުކޮށް ކަންކަން ސިއްރުކޮށްގެން ކުރިއަށް ގެންދަން، އެހެންވެ ބޮޑު އިއުލާނެއް ނުކުރީ، އެހެން ނަމަވެސް އޭނާއަށް ސުވަރުގޭގެ ދާއިމީ ރަހުމަތް ލިބި، ހުރިހާ ވޭނަކުން މިންޖުވުމަށް އެދެން،" ކަމަށެވެ.

ސައިމަން ފިލްމީ ދާއިރާއަށް ނިކުތީ 1988 ވަނަ އަހަރު ޓީވީބީގެ އެކްޓިން ކޯހެއް ނިންމުމަށް ފަހުއެވެ. އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައީ 1990 ގެ އަހަރުތަކުގައި ނެރުނު "ޓްރަބަލްސަމް ނައިޓް" މި ސިލްސިލާގެ ބިރުވެރި ފިލްމުތަކުންނެވެ. މި ސިލްސިލާގެ ވަރަށް ގިނަ ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައިވާއިރު، އޭނާ އަކީ އެކްޓު ކުރުމުގެ އިތުރުން ސްކްރީން ރައިޓަރެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ފަންނާނެކެވެ.

ސައިމަން މަރުވުމާ ގުޅިގެން އޭނާގެ ޖަނާޒާގެ ކަންކަން އާއިލާގެ އެދުމުގެ މަތިން ހާއްސަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ވަކިވެދިޔުމާ ގުޅިގެން ހޮންކޮންގްގެ ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުންނާއި ފޭނުން އަންނަނީ ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;