ads
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ/ ރައީސް އޮފީސް
މިސްކިތްތަކާއި ވަގުފުތައް ބެލެހެއްޓުމަށް ކުންފުންޏެއް އުފައްދައިފި
"މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
Advertisement

މި ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނު ގެ 15 ވަނަ މާއްދާއިން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރައީސްގެ ގަރާރަކުންނެވެ.

މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް މި ކުންފުނިން ކުރާނެ އެވެ.

މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ އެއް މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ. 

އައުގާފަށް ހާއްސަ ކުންފުންޏެއް އުފެއްދެވިއިރު ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް ރައީސް މުޢިއްޒުގެ ޒައާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

މިހާރު ވެސް އެފަދަ ބިޔަ މަޝްރޫޢުތައް އެބަ ހިންގަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;