މެޓް އޮފީހުން އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. 07:30 އިން 11:130 ދެމެދަށް ނެރެފައިވާ މި އެލާޓްގައި ވަނީ އެ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ ފަތިހު 05:00 އިން ފެށިގެން ވެރިރަށް މާލެއަށްވެސް އަންނަނީ ހުއްޓާ ނުލާ ވާރޭ ވެހެމުން ނެވެ. ބޯކޮށް ވާރޭވެހި މާލޭގެ ހުރިހާ މަގެއްގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަ ކުރަމުންނެވެ.
ހޫނު ގަދަ ދުވަސްތަކަކަށްފަހު މިހާރު ރާއްޖެއަށޤ ކުރަމުން އަންނަ ވިއްސާރަ އަލިވާނީ ހޯމަ ދުވަުކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ސިފިކް ކަނޑުގައި "އެލްނީނޯ " ގެ ބާރު މިހާރު ދަނީ ގަދަވަމުންކަމަށާއި އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކެމަށް މުސޫމާއި ބެހޭ ގައުމީ އިދާރާއިން ދާދީ ފަހުން ވަނީ ބުނެފަ އެވެ. އެގޮތުން މި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް، މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;