މިރޭ އޮތް އިންޖިނިއަރސް އެވޯޑްސް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުހައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ހިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަހުމަދު މަހުރީންއަށެވެ.
އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
• އިންޖިނިއަރ އޮފް ދަ އިޔަރ: ޑރ. ފުރުގާން އިބްރާހިމް
• ޔަންގް އިންޖިނިއަރ: މުޙައްމަދު ޒިދާން ހަސަން
• ވިމެން އިން އިންޖިނިއަރިންގ: އަސްރާރު
• އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު: ޑރ. ފުރުޤާން އިބްރާހިމް
• ސަސްޓެއިނަބިލިޓީ ޗެމްޕިއަން: އެމްޑަބްލިޔުއެސްސީ
• އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފަރމް އޮފް ދަ އިޔަރ
• ސްޓޫޑަންޓް އިނޮވޭޓަރ: ހުސައިން ޖައުޝަން
• ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު: އެމްޑަބްލިޔުއެސްސީ
އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން، އެވޯޑަށް ހުށަހަޅާއިރު ހުންނަން ޖެހޭ އާންމު ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އިންޖިނިއަރިން ދާއިރާއަށް ފާހަގަކޮށްލެވޭ ހިދުމަތެއް ކޮށްފައިވުން ހިމެނެ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;