ads
އައްޑޫ ސިޓީ ކެނަރީފް ރިސޯޓް
ރިސޯޓް ނިންމަންދޭ މުއްދަތު އިތުރުކުރަން 100,000 ޑޮލަރު ދައުލަތައް ދައްކަންޖެހޭ
ރިސޯޓެއް ތަރައްގީޖުރަން ދިން މުއްދަތުގައި އެތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް ނުނިމިއްޖެނަމަ އެތަން ދިން މުއްދަތު އިރުކޮށްދެވޭނީ ދައުލަތަށް 100,000 ޑޮލަރު ދެއްކުމުން ކަނޑައަޅާ ގަވައިދު އާއްމުކޮށްފި އެވެ.
Advertisement

މިއަދު އާއްމުކުރި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުފައި ވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ޓަކައި ވެފައިވާ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ތަރައްޤީކޮށް ހިދުމަތްދޭން ފަށާނެކަމަށް ކަނޑައަޅައިފައިވާ ގްރޭސް ޕީރިއަޑުގައި ތަން ތަރައްޤީކޮށް ނިންމައ،ި އެ ތަނެއް ހުޅުވައިފައިނުވާ ނަމަ ކަނޑައަޅާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީނ،ް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމުގެ އިހުތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ. 

ގަަވައިދުގައި ވާ ގޮތުން ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދެވޭނ،ީ ދައުލަތަށް 100,000 އެމެރިކާ ޑޮލަރުގެ ފީއެއް ދައުލަތަށް ދެއްކުމުން ކަމަށެވެ. އަދި އެ ހުއްދަ ދޭ ތާރީހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެކަމަށްވެސް ގަވައިދުގައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކައިފައިނުވާ ނަމ،ަ ކޮންޑިޝަނަލް އެޕްރޫވަލް ބާތިލުވާނެކެމަށް ގަވައިދުގައިވެ އެެވެ. 

 މުއްދަތު އިތުރުކޮށްދެވޭނެ މުއްދަތު 

  • ރަށެއްގެ ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކ،ީ 1 އަހަރު 
  • ފަޅެއްގެ ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކ،ީ 2 އަހަރު
  • ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ކުރު މުއްދަތަކ،ީ 1 މަސްދުވަސް

ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ ހާލަތުގައި ކުލީގެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއ،ި ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް މި ގަވައިދުގައި ބުނެފައި ވެއެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑު ހަމަވާއިރ،ު އެ ތަނެއްގެ ތަރައްޤީގެ މަސައްކަތް 50 އިންސައްތަ ނުވަތަ އެއަށް ވުރެ އިތުރަށް ނިމިފައިވާ ނަމަ ތަން ކުއްޔަށް ހިފައިފައިވާ ފަރާތުގެ އިޤުރާރަކާއެކ،ު މިނިސްޓްރީން އެ ތަނެއް ބަލައި ކަށަވަރުކުރުމަށްފަހު މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް މި ގަވައިދުގައި ވެއެވެ. ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށ،ް އެ މުއްދަތު އިތުރުކޮށްދެވޭނީ ގްރޭސް ޕީރިއަޑު ހަމަވާ ތާރީޚުން ފެށިގެންކަމަށްވެސް މި ގަވައިދުގައި ވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;