އެމްޑީޕީގެ ކޮންގްރެސް ފުރަތަމަ ފާސްކުރީ ކޮންގުރެސް މިމަހުގެ 19 ގައި ބާއްވާށެވެ.
އެހެންނަމަވެސް އެ ތާރީހު ބަދަލުކޮށް މިހާރު ކޮންގެރެސް ބާއްވަން ނިންމާފައިވަނީ އަންނަމަހުގެ އެކަކުން ތިންވަނަ ދުވަހުގެ ނިޔަލަށްކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް މިއަދު ވިދާޅުވި އެވެ.
ކޮންގްރެސްގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމެއް އޮންނާނަކަމަށް ހާމަކުރައްވަމުން ޝިފާޒު ވިދާޅުވީ އެ ފޯރަމްގައި ބާއްވަނީ ކައުންސިލްތަކުން އެ ރަށެއްގައި ހިންގާނޭ މަޝްރޫއުތަކެއް ކަނޑައަޅާފައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދާފައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ޕާޓީމން ހޯދައިދޭން ކަމަށެވެ.
އެ ގޮތުން އިންވެސްޓްމެންޓް ފޯރަމެއް ބާއްވަން ނިންމީ ރާއްޖޭގެ ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި އިންވެސްޓްމެންޓް ފޯރަމަށް ހުށަހެޅުމަށްޓަކައި މިހާރު ވެސް 74 ޕްރޮޖެކްޓު އެމްޑީޕީގެ ސެކްރެޓޭރިއެޓާއި ހިއްސާކޮށްފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. ވެރިކަންކުރާ ޕީއެންސީން އެޕާޓީގެ ކޮންގެރެސް މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;