ads
ބޭރުމަގުގައި އަލަށް ހެދި ޕާކިން އޭރިއާ
ބޭރުމަގުގައި އަލަށް ހެދި ޕާކިން އޭރިއާގައި ޕާކުކުރުމުން ފީ ނަގަނީ
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގައި ހެދި ޕާކިން އޭރުއާގައި ޕާކުކުރުމުން ފީއެއް ނެގުމަށް ސަރުކާރުން ވިސްނަމުން ގެންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ތާރު އަޅާ އެމަގު ފުޅާކުރިއިރު ބީއެމްއެމްހެ މައި އޮފީސްކުރިމަތިން އޮންނަ ސަރައްދުގެ ފަޅުން ބައެއް ހިއްކާ އެ ސަރަހައްދުގައި ވަނީ ޕާކިން ޒޯނެއް ތަރައްގީކޮށްފަ އެވެ. އެމަގު ހެދުމުގެ ކުރިންވެސް އެ ސަރަހައްދަކީ ބާރު ބޮޑުވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކުރަމުން އަންނަ ސަރަހައްދެކެވެ. 

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްކުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެ ވެ. އެގޮތުން މެކޭނިކަލް ޕާކިން އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް ބޭސިސްއަށް ބަލާ ޕާކިން ނިޒާމުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ބޮޑުތަކުރުފާނުމަގުގައި ތަރައްގީކުރި ޕާކިން ޒޯނުގައި ވަކި ގަޑިތަކެއްގައި އޮން ޑިމާންޑު ބޭސިސްއަށް ބަލާ ޕާކުކުރަން ކުޑަ އަގެއް ނަގަން ވިސްނަމުން އަންނަކަމަށެވެ،. 

" މިސާލަކަށް އޮފީސްގަޑި ފިޔަވާ ދެން ހުންނަ އޮޑް އަވާސްތަކުގައި ހަމަ ކުޑަ ފޭއަކާއި އެއްކޮށް، މިސާލަކަށް އޮން ޑިމާންޑް ބޭސިސްގައި 'ޓަޗު އެންޑް ގޯ' ގޮތަށް ހުންނާނެ ބޭރު ތަންތާގައިވެސް އެކަހަލަ ބައެއް ވަސީލަތްތައްވެސް އެބަ ބަހައްޓަން" ސައީދު ވިދާޅުވި އެވެ.

މަޖީދީމަގުގައި ހުންނަ ހީނާމާގޭ ބިމަާއި ސޯސަންމަގުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ޖެހިގެން އޮންނަ ބިމުގައި ޕާކިން ބިލްޑިން އަޅަން އެތަންތަނުންވެސް ޕާކިން ފީއެއް ނަގަން ނިންމާފއިވާކަމަށް މިނިސްޓަރު ސައީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;