މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާމާގޭ ބިމަާއި ސޯސަންމަގުގައި ޕާކިން ބިލްޑިން އަޅަނީ މާލޭގެ މަގުތަކުގައި ދެ ފަރާތުގަައި ޕާކުކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށްކަމަށެވެ.
އެގޮތުން މާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ކަމަށް ސައީދު ވިދާޅުވި އެވެ.
ނާމާގޭ ބިމަާއި ސޯސަންމަގުގައި އަޅާ ޕާކިން ބިލްޑިން ތަކުގައި ޕާކުކުރަން ފީއެއް ނަގާނެކަމަށް ސައީދު ވިދާޅުވި އެވެ. އެހެންނަމަވެސް ޕާކުކުރަން ނަގާނީ ކުޑަ ފީއެއް ކަމަށާއި އެ ފީތައް ކަނޑައަޅާނީ ސަރުކާރުންކަމަށްވެސް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ހީނާމާގޭ ބިމަާއި ސޯސަންމަގުގައި ހަދާ ޕާކިން ބިލްޑިން ހަދާނީ ދެ ވައްތަރުގެ ވެހިކަލްތައް ޕާކުކުރެވޭނެ ގޮތަށް ވަކިން ކަމަށެވެ. އެގޮތުން ހަތަރު ފުރޮޅުލީ ވެހިކަލްއާ ދެ ފުރޮޅު ލީ ވެހިކަލް ވަކިން ޕާކު ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމުތައް ހަމަޖެއްސާނެކެމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، މެކޭނިކަލް ޕާކިން އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް ބޭސިސްއަށް ޕާކިން ނިޒާމުތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ހަދާ އެމަގުގައި ހެދި ޕާކިން ޒޯނުގައި ވަކި ގަޑިތަކެއްގައި އޮން ޑިމާންޑު ބޭސިސްއަށް ކުޑަ އަގެއްގައި 'ޓަޗު އެންޑް ގޯ' އުސޫލުން ޕާކިން ފީއެއް ނެގުމުގެ ވިސްނަމުން އަންނަކަމަށް ސައީދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;