އިއްޔެގެ ވަގުތެއްގައި ޝާމިން ހައްޔަރުކުރީ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި މުޒާހަރާއަކާ ގުޅިގެން ނެވެ.
ފުލުހުން ޝާމިން ހައްޔަރުކުރީ ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޭނާ ދުއްވާ ޓެކްސީގައި އިންދަ އެވެ. ޝާމިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 28، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެ އެވެ.
އެ މުޒާހަރާއާ ގުޅިގެން މީގެކުރިން ވަނީ އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ވެސް ހައްޔަރުކުރި އެވެ. އެހެންނަމަވެސް ފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;