ads
ވަޒީރުންގެ މަޖިލިސްގެ ބައްދަލުވުމެއްގެ ތެރެއިން
"ގައުމީ އިހްތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރަނީ
"ގައުމީ އިހްތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރަން ވަޒީރުން މަޖިލީހުން ނިންމައިފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންކަމުގެ އިތުރު ތަފްސީލްތައް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

އެގޮތުން ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ނިންމާފައިވާކަންކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިހްތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގުމަށް ނިންމާފއިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއޫގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދުމަށާއި  މި ކޮމިޓީގައި ބައެއް ވުޒާރާތަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުމަށްވެސް ވަނީ ނިންމާފަ އެވެ.

ކޮމެޓީގައި ހިމެނޭ މިނިސްޓްރީތައް

  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
  • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;