ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅޭގޮތުން ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 27 ބިދޭސީއެއްގެ މައުލޫމާތު ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނެއްގެ މައުލޫމާއި ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މައުލޫމާތު ފުލުހުންނަށްވަނީ ލިބިފަ އެވެ.
އަދި އެފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައުލޫމާތުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެ އިތުރުން ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;