ads
އުއްތަމަ ފަނޑިޔާރު
18 އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކަށް އާ ގަވާއިދެއް
2008 ވަނަ އަހަރުގެ ގާނޫނުއަސާސީއަށްފަހު 18 އަހަރުގެ ދިގު ހުސްކަމެއް އޮތުމަށްފަހު، މެޖިސްޓްރޭޓް ކޯޓުތަކަށް ޚާއްޞަ އައު ގަވާއިދެއް ލިބިގެންދިއުމަކީ ޝަރުޢީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ބޭއްވި މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޖިސްޓްރޭޓުން އިސްނަންގަވައިގެން ޑްރާފްޓްކުރި މި އާ ގަވާއިދަށް ޢަމަލުކުރަން ފަށާނީ 1 އޮކްޓޫބަރު 2026 ގައެވެ. މި ގަވައިދާއެކު، ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައި މައްސަލަ ރަޖިސްޓަރީކުރުމާއި، ޝަރީއަތުގެ އިޖުރާއާތުތަކާއި ފީތައް އެއް އުސޫލަކުން ކުރިއަށް ގެންދެވޭނެއެވެ.

މި ގަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި 14 ސެޝަނެއްގައި ޝަރުޢީ ދާއިރާގެ 1,100 އަށްވުރެ ގިނަ މުވައްޒަފުންނާއި ފަނޑިޔާރުން ވަނީ ބައިވެރިވެފައެވެ.

އުއްތަމަ ފަނޑިޔާރު ވަނީ އާ ގަވާއިދާއެކު އޮކްޓޫބަރު 1 އިން ފެށިގެން ކޯޓުތަކުން އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;