ads
އުމުރުން 6 އަހަރުގައި ގެއްލުނު ކުއްޖާ 12 އަހަރު ފަހުން އެނބުރި އާއިލާ ގާތަށް
އުމުރުން 6 އަހަރުގައި ގެއްލުނު ކުއްޖާ 12 އަހަރު ފަހުން އެނބުރި އާއިލާ ގާތަށް
އިންޑިއާގެ ވެސްޓް ބެންގާލަށް ދަތުރުކުރަމުން ދަނިކޮށް އޮޅިގެން އެހެން ރޭލަކަށް އެރި، އާއިލާއާ ވަކިވިތާ 12 އަހަރު ފަހުން ރާޖާ ގޯޕް އެނބުރި އޭނާގެ އާއިލާއާ އަލުން ބައްދަލުވެއްޖެ އެވެ.
Advertisement

އުމުރުން އެންމެ ހަ އަހަރުގައި ގެއްލުނު މި ކުއްޖާ، އިންޑިއާގެ ޖާރްކަންޑުގައި ދިރިއުޅޭ އޭނާގެ މަންމައާއި ހަތަރު ކޮއްކޮއާ އަލުން ގުޅުވައިދިނީ ފުލުހުންގެ ހާއްސަ ޓީމަކުން މާޗު މަހުގެ 10 ވަނަ ދުވަހު އެވެ.

ރާޖާ ގޯޕް އާއިލާއާ ވަކިވީ އޭނާގެ ބައްޕައާއެކު ރޭލުގައި ދަތުރުކުރަނިކޮށް، އޮޅިގެން ކެރެލާއަށް ދަތުރުކުރި ރޭލަކަށް އެރުމުގެ ސަބަބުންނެވެ. އެ ރޭލުގައި އޭނާއަށް ދެވުނީ ކެރެލާގެ އާނާކުލަމްއަށެވެ. އެ ސިޓީން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އޭނާ ސަލާމަތްކޮށް، ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ގެންދިޔައެވެ. މި ދިގު މުއްދަތުގައި އޭނާގެ ހަނދާނުގައި ހުރީ ހަމައެކަނި މައިންބަފައިންގެ ނަމާއި، އޭނާއަކީ ޖާރްކަންޑުގެ ޗައިބާސާގެ މީހެއް ކަމާއި، އޭނާގެ އަވަށުގައި ފަރުބަދައަކާއި ސްކޫލެއް ހުންނަ ކަމުގެ މައުލޫމާތު އެކަންޏެވެ.

ބާރަ އަހަރުގެ ދިގު މުއްދަތަކަށްފަހު އޭނާގެ އާއިލާ ހޯދުނީ، ކެރެލާގެ ޗައިލްޑް ވެލްފެއާ ކޮމިޓީން އޭނާގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ. އެ މައުލޫމާތުގެ އެހީގައި ފުލުހުން ކުރި މަސައްކަތުން އޭނާގެ އާއިލާ ދިރިއުޅޭ ތަން ވަނީ ދެނެގަނެވިފައެވެ. އެއަށްފަހު ފުލުހުންގެ ހާއްސަ ޓީމަކުން އޭނާ ރައްކާތެރިކަމާއެކު ޖާރްކަންޑަށް ގެންގޮސް އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ.

އެނބުރި އަމިއްލަ އަވަށަށް ދިއުމުން އެ އަވަށުގެ ރައްޔިތުން ވަނީ ބެރުގެ އަޑާއެކު ސަގާފީ ނެށުންތަކުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭނާގެ މަންމަ ބުނި ގޮތުގައި، 12 އަހަރު ވަންދެން ގެއްލިފައި ހުރި ދަރިފުޅު ދުނިޔޭގައި ހުރެ، ރަނގަޅު ސިއްހަތެއްގައި އެނބުރި އައުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އަދި އެކަމަށްޓަކައި ނުހަނު ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިހާރު އުމުރުން 19 އަހަރު ވެފައިވާ ގޯޕްއަކީ ކެރެލާގައި ފުޓްބޯޅަ ކުޅެމުން އަންނަ ޒުވާނެކެވެ. އޭނާ މިހާރު ދައްކަނީ މަލަޔާޅަމް އަދި ހިންދީ ބަހުން ކަމަށްވާއިރު، އޭނާގެ ކުޑައިރުގެ މާދަރީ ބަސް ކަމަށްވާ "ހޯ" ބަސް މިހާރު ހުރީ އެއްކޮށް ހަނދާން ނެތިފައެވެ. ނަމަވެސް ބަހުގެ ހުރަސްތަކާއެކުވެސް، ގިނަ ދުވަސްތަކަކަށްފަހު އާއިލާއާ އަލުން ގުޅުމުގެ އުފާވެރިކަން އޭނާއާއި މުޅި އާއިލާއަށް ވަނީ ލިބިފަ އެވެ.

95%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;