މިއަދު ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބަދަލާއެކު އާރްޑީސީން ކުރަމުން އައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް މަގު ހެދުމުގެ ހުރިހާ ކަމެއް ދެން ކުރާނީ އެމްޓީސީސީން ކަމަށް ބުންޏެވެ. މީގެ އިތުރުން:
އެގްރޯނެޓް: މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ވެސް ނިންމިކަން އިއުލާންކުރި
ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ މަސައްކަތްތަކާއި ނުބައްދަލު މިންވަރަކަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފަ އެވެ. ސިޔާސީ މަންފާއަށްޓަކައި ސަރުކާރުތަކުން އިންތިހާބުތަކާއި ދިމާކޮށް ކުންފުނިތަކަށް މީހުން ނަގާއިރު އެފަދަ ގިނަ ވަޒީފާތަކުގައި ކުރާނެ މަސައްކަތެއްނެތި، ބޮޑެތި މުސާރަތައް ދޭން ޖެހުމުގެ ކަންބޮޑުވުން އާންމުންގެ އޮވެ އެވެ.
މި މައްސަލައާއި ގުޅިގެން ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށްޓަކައި ސަރުކާރުން ވަނީ، މީގެކުރިންވެސް އެފަދަ ކުންފުނިތަކުގައި މަސައްކަތެއްނެތި ތިބި މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. ސަރުކާރުން މިހާރުވަނީ، މިމަސައްކަތް އިތުރަށް ފުޅާކޮށް ބައެއް ކުންފުނިތައް އުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;