ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ %80 ހިއްސާ ބޭރު ކުންފުންޏެއްގެ ދަށުގައި އޮންނައިރު، އެ ކުންފުންޏަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މިހާރު ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ %41.8 ހިއްސާއެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ތަމްސީލް ކުރަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގެ %80 ހިއްސާ ދިވެހި ސަރުކާރުން ތަމްސީލް ކުރާއިރު ބާކީ %20 ހިއްސާ ތަމްސީލް ކުރަނީ ހިޓާޗީ ގްރޫޕުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;