މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފެނެކަ އުވާލަން ވަޒީރުންގެ މަޖލީހުން ނިންމީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފެނަކަ އުވާލުމަށްފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އެ ނިންމުމާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ހިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށެވެ.
ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 8000 އަރާކަމަށް އެ ކުންފުނިން ކރިން ބުނެފައިވާއިރު ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ހާއްސަކޮށް، އިންތިހާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;