ޓޫރިޒަމާއި ދަތުރުފަތުރާ ހިލާފަށް ސިންގަޕޫރުގެ ލޯކަލް ފަތުރުވެރިކަމާއި، ކެއުންބުއިމުގެ ވީޑިއޯތަކުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މި ޒުވާނާގެ މަރުގެ ސަބަބުން އޭނާގެ އާއިލާއަށާއި ސޯޝަލް މީޑިއާގެ އޮންލައިން މުޖުތަމައަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އާއިލާގެ މެމްބަރަކު ވަނީ އޭނާގެ ޖަނާޒާގެ ކަންކަން ހޯމަ ދުވަހުގެ (ސެޕްޓެމްބަރު 7) ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ.
ޒުވާން އުމުރުގައި ވިލްފްރެޑް ލީ މަރުވުމާ ގުޅިގެން އިންޓަނޭޝަނަލް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އޭނާއާ އެކުގައި މަސައްކަތްކުރި އެހެނިހެން ކްރިއޭޓަރުންނާއި ފޭނުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔައި، އޭނާގެ ހަނދާންތައް އާކޮށްފަ އެވެ.
މި ކުއްލި ހާދިސާއަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ސިހުމެކެވެ. ވިލްފްރެޑް ލީ އަކީ އަބަދުވެސް އުފާވެރި މިޒާޖެއްގައި ހުރެ މަސައްކަތްކުރި ޒުވާނަކަށް ވުމާއެކު، އޭނާގެ ވަކިވެދިއުމަކީ ސިންގަޕޫރުގެ ކްރިއޭޓިވް އިންޑަސްޓްރީއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;