އެ ކޮމިޝަނުން މި ގޮތަށް އަންގާފައި މިވަނީ ދާދި ފަހުން ރާއްޖެ ޓީވީ ސްޓެލްކޯގެ އެޗްއާއާރަށް ލައިވް ޝޯއެއްގެ ތެރެެއިން ގުޅުމުން ވެރިކަން ކުރާ ޕީއެންސީއަށް ކުންފުނިތަކުގެ މުވައްޒަފުން ވައްދަމުން އަންނަކަން ފަޅާ އަރާފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަން ޖެހޭ ބްރޯޑް ކާސްޓީން މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމާއި އިންޓަވިއުތަކާއި ރިކޯޑިންތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާއި ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާކަމަށެވެ.
އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، ފޯނު މުޢާމަލާތެއް ލައިވްކުރަން ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެކަމަށްވެސް މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި އަދި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާކަމަށްވެސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ދެއްކި ވާހަކަތަކައި ގުޅިގެން މުވައްޒަފަކު މަގާމުން ސަސްޕެންޑްކޮށް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;