އޭނާއަށް އުނދަގޫވެގެން ކައުންސިލަށް ދާންޖެހުނީ، ގެ ކައިރީގައި ދަގަނޑު ކިރާ ބަޔަކު ދަގަނޑުތައް ގުޑުވައި އަދި އެފަދަ ބަރު ތަކެތި ވައްޓާލާ އަޑުގަދަވުމުގެ ސަބަބުންނެވެ. މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފުލުހުންގެ ކިބައިން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ސީޒަން ސިޓީ ކައުންސިލަށް ނިދަން ދިޔައީ ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެންނެވެ. އޭނާ އެތަނަށް ދިޔައިރު އަތުގައި ތުވާއްޔެއް އޮތްއިރު، ޖީބުގައި ދަތްއުނގުޅާ ބުރުހަކާއި ޝަވާޖެލް ފުޅިއެއް ވެސް އޮތް ކަމަށް ވެއެވެ.
އަލީ ސީޒަން
ސީޒަން ކައުންސިލަށް ގޮސްފައިވަނީ މޫނުމަތީގައި މާސްކެއް އަޅައިގެން ކަމަށްވުމުން، އެންމެ ފުރަތަމަ އެއީ ސީޒަންކަން ގަބޫލުކުރަން މާލޭ ސިޓީ ކައުންސިލްގައި ތިބި މީހުންނަށް ވެސް ދަތިވިއެވެ. ނަމަވެސް ފަހުން އެއީ އޭނާކަން އެމީހުންނަށް ކަށަވަރުވިއެވެ.
ސިޓީ ކައުންސިލްގެ ތެރޭގައި ސީޒަން އޮތްކަން އެނގުމުން، ކައުންސިލްގެ އޮފިޝަލަކު ވަނީ އޭނާއާ ވާހަކަދައްކާފައެވެ. އަދި އޭނާއަށް ދިމާވެގެން އުޅޭ އަޑުގަދަވުމުގެ މައްސަލަ ބަލައި، އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ސިޓީ ކައުންސިލުން ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;