ads
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ
ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ހިޔާވަހިކަންދޭން ހުޅުމާލޭގައި ފެސިލީޓީއެއް އަޅަނީ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި އެވެ.
Advertisement
އެންޑީއެމްއޭގެ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުނ އެތޯރިޓީއަށް ބިމެއް ދިނީ ހުޅުމާލެ ފޭސް 2 އިން ނެވެ. އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ވަނީ ހަވާލުކޮށްފަ އެވެ. އެންޑީއެމްއޭއަށް ދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ. 

މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމާޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަަށް އެންޑީއެމްއޭއިން ބުނެ އެވެ. 

މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;