ފަނޑިޔާރު މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 9 ނޮވެމްބަރު 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު 23 މޭ 2010 ގައި ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެން، 13 އޮކްޓޫބަރު 2022 ގައި އެ ކޯޓުގެ އިސް ޤާޟީގެ މަގާމުވެސް ފުރުއްވި އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ހާމަކޮށްފައި ނުވިނަމަވެސް، މިއަދުން ފެށިގެން އޭނާ މަގާމުން ވަކިވެވަޑައިގެންފައިވާކަން ހައިކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 10 އަކަށް މަދުވެފަ އެވެ. ގާނޫނުގައި ހައިކޯޓަށް 11 ފަނޑިޔާރުން ކަނޑައަޅާފައިވީ ނަމަވެސް، ގާނޫނަށް އިޞްލާހު ގެނެސްގެން ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;