ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީގެ މިރޭގެ ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮށްޓެއް" ކަމަށް ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ސިފަކުރެއްވުމުން ފެންނަނީ އެ މަނިކުފާނުގެ ބޮޑާކަން ކަމަށެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ބުރާސްފަތި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާމެދު ހިތްހަމަނުޖެހޭ އެތައް ބަޔަކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރޭގައި އެބަތިބި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ތިމާއަށް ތިމާ ފެނިގެން އުޅޭ މީހުންނަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެއްވޭނެކަމަށެވެ. އެހެނެއްކަމަކު ވެރިކަން ކުރެވޭނީ ރައްޔިތުންނާ އެއްފެންވަރުގައި އުޅެގެން ދަންނަ މީހުންނަށްކަމަށެވެ. އެކަން ކުރައްވާ ވެރިޔަކީ ރައީސް މުއިއްޒުކަމަށް އަބުއްރަހީމް ވިދާޅުވި އެވެ. ޔާމީންގެ ވެރިކަން ނިމުނު އިތުރު ސަބަބުތައް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެ ދެއްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އޭނާ ނުކުމެވަޑައިގެން ހުންނެވީ "ފިސާރި ގަދަކޮށް" އެވެ. މަޖިލިސް މެންބަރުން ތިބީ ވަރަށް އެކުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;