ads
އަހްމަދު ޝައްމާހް
ޑްރަގާއެކު އިހަވަންދޫ މީހަކު ހައްޔަރުކޮށްފި
ހއ. ތަކަންދޫއިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ.

އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބިޖިލީގެ / ހއ. އިހަވަންދޫ، އަޙްމަދު ޝައްމާޚް (26އ) އެވެ.

މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ  2.0 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ޝައްމާޚްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;