ދުނިޔޭގެ 110 ގައުމަކުން ބައިވެރިވި މި މުބާރާތުގައި ޖޮހެއިރީއާ އެންމެ ގާތުން ވާދަކޮށް ދެވަނަ ހޯދާފައިވަނީ ސްޕެއިންގެ އެލިޒަބެތު ރެއިންސްއެވެ. އަދި މި މުބާރާތުގެ ތިންވަނަ މަގާމު ހާސިލުކޮށްފައިވަނީ މެލޭޝިއާގެ ބައިވެރިޔާ ތާނޫސިއާ ޗެޓީއެވެ.
މި މުބާރާތުން އެއްވަނަ ހޯދި ޖޮހެއިރީއަށް ރީތީގެ ތާޖު ހަވާލުކޮށްދިނީ އޭގެ ކުރީ އަހަރުގެ ނަތީޖާ ކާމިޔާބުކުރި ފަރާތުންނެވެ. އެގޮތުން 2025 ވަނަ އަހަރު މިސް ވޯލްޑްގެ މަގާމު ކާމިޔާބުކޮށްފައިވަނީ ތައިލެންޑުގެ އޯޕަލް ސުޗާޓާ ޗުއާންގްސްރީއެވެ.
މިސް ވޯލްޑް 2026 ގެ ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ އެތައް ހަފުތާއެއް ވަންދެން ކުރިއަށްދިޔަ ހަރަކާތްތަކަކަށް ފަހުގައެވެ. މި މުއްދަތުގެ ތެރޭގައި މުބާރާތުގެ ބައިވެރިން ވަނީ އެކި ކަހަލަ ޗެލެންޖުތަކާއި ސަގާފީ ހަރަކާތްތަކުގައި ބައިވެރިވެ، އެ މީހުންގެ ހުނަރުތައް ދައްކާލާފައެވެ.
މިއަހަރުގެ މުބާރާތަކީ ވަރަށް ގިނަ ގައުމުތަކަކުން ބައިވެރިވެ، ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މުބާރާތެއްކަން ފާހަގަކުރެވެއެވެ. މި ކާމިޔާބީއާއެކު ޖޮހެއިރީ މޯލާ ވެގެންގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފަރާތަކަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;