ads
ކ. ތިލަފުށި
ތިލަފުށި ޕޯޓް މަޝްރޫއަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަނީ
ތިލަފުށީގައި ހިންގާ ޕޯޓް މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެމްޕީއެލް އިން މިއަދު އިއުލާންކޮށްފި އެވެ.
Advertisement

އެމްޕީއެލް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި މަލްޓި ޕާޕަސް ކޮމާޝަލް ޕޯޓެއް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރު ކުރުމާއި މާލޭގެ ޕޯޓަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމެވެ.

އެ މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާނަމަ މި މަހު 15 ވަނަ ދުވަހު 2:00 ގެ ކުރިން ކުރިމަތިލުމަށް އެދޭ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

އެ މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބޮޑެތި ޕޯޓް ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ 25 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އަދި މިދިޔަ 10 އަހަރު ތެރޭގައި މަދުވެގެން ތިން މަޝްރޫއު ނިންމާފައިވާން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރު ނޮވެމްބަރު މަހު 11 ގައި ތިލަފުށީގައި ޕޯޓުގެ ހިދުމަތް ފަށާށެވެ. 


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;