ads
މަރިޔަމް އީމާ މުހައްމަދު
މިސް ވޯލްޑް މުބާރާތުން އީމާ ކަޓައިފި
ވިއެޓްނާމުގެ ނާ ޓްރަންގްގައި ކުރިއަށްދިޔަ 73 ވަނަ "މިސް ވޯލްޑް" މުބާރާތުގައި ރާއްޖެ ތަމްސީލުކުރި މަރިޔަމް އީމާ މުހައްމަދު މުބާރާތުގެ ފައިނަލަށް ނުހޮވި ކަޓައިފި އެވެ.
Advertisement

މިއީ މިފަދަ އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މުބާރާތުގެ ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ މިއަދު އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 111 ބައިވެރިން ވާދަކޮށްފައިވެއެވެ. އުމުރުން 23 އަހަރުގެ އީމާގެ މި ދަތުރު ނިމިފައިވަނީ މުބާރާތުގެ ފަހު 40 ބައިވެރިންގެ ތެރޭގައި ނުހިމެނުމާ ގުޅިގެންނެވެ.

ފައިނަލަށް ނުދެވުނު ކަމުގައިވިޔަސް، އީމާ ވަނީ މި މުބާރާތުގެ ކުރީކޮޅު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، މުބާރާތުގެ ހެޑް-ޓު-ހެޑް ޗެލެންޖުގައި ވާދަކޮށް، އޭޝިއާ އަދި އޯޝޭނިއާ ބައްރުން އެންމެ ކުރީގައި އުޅޭ 20 ބައިވެރިންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް މިސް ވޯލްޑު މުބާރާތެއްގައި ދިވެއްސަކު ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން، ދިގު މުއްދަތަކަށްފަހު ރާއްޖެއަށް ލިބުނު މި ފުރުސަތާއެކު، ކުރިއަށް އޮތް ތަނުގައި މިފަދަ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރުމުގެ މަގު ދިވެހި އެހެން ޒުވާނުންނަށް ވެސް ހުޅުވިގެންދާނެ ކަމަށް ބެލެ ވެއެވެ.

މިސް ވޯލްޑް މުބާރާތަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި މުބާރާތުގެ އެންމެ ފަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވިއެޓްނާމްގައި މިއަދު އެވެ. ފައިނަލަށް ނުދެވުނު ނަމަވެސް، މިއީ ރާއްޖޭގެ ފަރާތުން މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ތަމްސީލުކުރުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

35%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;