ads
ބާރަށު ޝިޔާމް. މިދިޔަ ބޮޑު އީދުގައި އޭނާ ނެށި ލަވައެއް ވަނީ ދިވެހިންގެ ތެރޭގައި ވައިގައި ހިފާފައެވެ.
ބާރަށު ޝިޔާމް ނަށާ ފުލުހުންގެ ނައިޓަށް އާއްމުންނަށް ވަދެވޭނެ
ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ބްލޫސް ފެމެލީ ނައިޓް" ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
Advertisement

މި ޝޯ ކުރިއަށްދާނީ މިރޭ 8:30 އިން 11:00 އަށް ސޯޝަލް ސެންޓަރުގައިކަމަށް ފުލުހުން ބުނެ އެވެ.  މި ޝޯގައި ލައިވް އެންޓަޓެއިންމަންޓާއި، ސަގާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ތައްޔާރުކޮށްފައިވާ ހާއްސަ އައިޓަމްތައް ފެނިގެންދާނެކަމަށް ފުލުހުން ބުނެ އެވެ. 

 މިރޭގެ ޝޯގައި މަޝްހޫރު ފަންނާނު ބާރަށު ޝިޔާމްގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ އައިޓަމްތައް ހިމެނޭކަމަށް ފުލުހުން ބުނެ އެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ސްޓޫޑެންޓް ޔޫނިއަން ގެ ޑާންސް އަދި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއި، މަޖާ ކޮމެޑީ އައިޓަމްތައް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށާއި މި ޝޯގައި ފޯރިގަދަ 14 އައިޓަމެއް ފެނިގެންދާނެކަމަށް ފުލުހުން ބުނެ އެވެ.
 

ސްޓޭޖް ހަރަކާތްތަކުގެ އިތުރުން، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މި އިވެންޓް ކުރިއަށްދާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ގާއިމުކުރެވިފައިވާނެކަމަށް ފުލުހުން ބުނެ އެވެ. 

 "ބްލޫސް ފެމެލީ ނައިޓް" އަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި އާންމު ރައްޔިތުން އެކުވެރި، އުފާވެރި މާހައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;