ads
ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއް ރައީސްއާ ބައްދަލުކޮށް އެ ހޮސްޕިޓަލްގައި ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާކުރަނީ
މިއަހަރު އިތުރަށް މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއަށް އެކަނި، 2000 މުވައްޒަފުން ނަގާނެ
މިއަހަރު އިތުރު މުވައްޒަފުން ނަގާނީ ވައްދާނީ ހަމައެކަނި ސިއްހީ ދާއިރާއަށްކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ވަކިވަކި ރައްޔިތުންނާއުި ބައްދަލުކުރެއްވުމަށް "ރައްޔިތުންގެ އަޑު" ސިލްސިލާގެ ރޭގެ ޕްރޮގްރާމުގައި ބައިވެރި މީހުންގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ރައީސާއި ބައްދަލުކޮށް އެ ހޮސްޕިޓަލުގައި ހިދުމަތް ދިނުމަށް ދަތުވާ ބައެއް ކަންކަމުގެ ޝަކުވާތައް ރައީސްއާ ހިއްސާކޮށްފަ އެވެ.

އެ މުވައްޒަފުގެ އެންމެ ބޮޑު ކަން ބޮޑުވުމަކަށްވީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު އެ އަދަދަށް ހިދުމަތް ދެވޭވަރަށް މުވައްޒަފުން ނެތުމެވެ. އަދި ބައެއް މެޑިކަލް އޮފިސަރުން އިތުރަށް ކިޔެވުމަށް މިދިޔަ ޑިސެމްބަރު މަހު ފުރުމުން އެކަމުގެ ދަތިކަން އިންތިހާއަށް ބޮޑުކަން  އެ މުވައްޒަފު ވަނީ ފާހަގަކޮށްފަ އެވެ. 

އެ މުވައްޒަފުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަަށް އިތުރަށް އެއްވެސް މުވައްޒަފެއް ނަގާނަމަ މިއަހަރު މުވައްޒަފުން ނަގަން ނިންމާފައިވަނީވެސް ހަމައެކަނި ސިއްހީ ދާއިރާއަށް އެކަނި ކަމަށެ ވެ. އެގޮތުން ސިއްހީ ދާއިރާގެ ބޭނުމަށް މުޅި ރާއްޖެއަށް 2000 މުވައްޒަފުން ނަގާނެކަމަށާއި އެކަން ބެޗް ބެޗަށް މިހާރުވެސް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މުވައްޒޒަފުން ނަގާއިރު ޔަގީނުންވެސް މާލޭގެ ހޮސްޕިޓަލްތަކަށް މުވައްޒަފުން ނަގާނެކަމުގެ ޔަގީންވެސް ރައީސް ދެއްވި އެވެ. 

މީގެއިތުރުން ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގައި ޖީޕީ ކްލިނިކްތަކެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު އެތަންތަން ނިންމެން އަދި ހަވަރަކަށް މަސް ހޭދަވާނެކަމަށް  ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންނަމަވެސް މުވައްޒަފުން އިތުރުކުރަން އެހާ ދުވަހެއް ނުނަގާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ހުޅުމާލޭގައި އަޅާ ފްލެޓްތަކާއި އެކު އެ ސަރަހައްދަށް އިތުރުވާ އާބާދީގެ ނިސްބަތުން އިތުރު މުވައްޒަފުން ހޯދާނެކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް އާންމު ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ކޮންމެ ޕްރޮގްރާމެއްގައިވެސް ބައިވެރިވާ ފަރާތްތަކަށް ކޮންމެ މީހަކަށް 10 މިނެޓުގެ ވަގުތެއް ލިބެެއެވެ. އެ ފުުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު އަންނަނީ އެމީހުންގެ ހުރި ޝަކުވާތައް ރައީސްއާ ހިއްސާކުރަމުންނެވެ. މިހާތަނަށް މި ސިލްސިލާގެ ތިން ޕްރޮގްރާާމެއް ގެނެސްދިން އިރު ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތީ ބޯހިޔާވަހިކަމާއި ގުޅިގެން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;