ads
ގިނަ އަދަދެއްގެ ވޭޕާއި ޑްރަގު އަޅާފައި ހުރި ވޭޕްތަކެއް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން
ޑްރަގު އަޅާފައި ހުރި ވޭޕާއި ޑްރަގު ވިއްކަމުންދާ ޒުވާނުންތަކެއް ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ޑްރަގާއި ގިނަ އަދަދެއްގެ ޑްރަގު އަޅާފައި ހުރި ވޭޕްތަކެއް ގެންގުޅުނު ތިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި  ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި މީހުން ހައްޔަރުކުރީ އިއްޔެކަމަށް ފުލުހުން ބުނެ އެވެ. 

މި މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކުރި ޒުވާނުން

  • ކ. ހުރާ / ސާނީވިލާ، ހުސައިން ޝާވިން (26އ)
  • ތ. ތިމަރަފުށި / ވިލާ، މަރްޔަމް އީޝާ އަޝްރަފް (21އ)
  •  ސ. ހުޅުދޫ / ރޭޝަމް، މުހައްމަދު ނާހިލް (25އ)

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ޝާވިންއާއި، އީޝާ އަޝްރަފްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ. މުހައްމަދު ނާއިލްގެ ބަންދަށް ކޯޓުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;