މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފަ އެވެ.
އެހެންނަމަވެސް ގިނަ އަދަދަކަށް ދިވެހިން އެ ގައުމަށް ދަތުރުކުރާއިރު އެ ލިސްޓުގައި ރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭޤައުމުތަކުގެ ލިސްޓުގައިވެ.
ދިވެހި ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑް ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން މިދިޔަ ޖޫންމަހުގެ 29 ވަނަދުވަހު ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، އެކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިކަމަށެވެ. ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ތައިލޭންޑް ގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތަކަށް ރަސްމީކޮށް މި މަހުގެ 15 އިން ފެށިގެން އަމަލުކުރަން ފަށަން ވަނީ ނިންމާފަ އެވެ. އެހެންކަމުން ތައިލެންޑަށް ދާ ދިވެހިން މި ކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;