ޝަރީޢަތުގައި އެ ކުންފުނިންނާއި އަބްދުﷲ ރަޝީދު ފައިސާ ދައްކަން އެއްބަސްވުމުން، ސިވިލް ކޯޓުން އަމުރުކުރީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި (މަހަކު ގާތްގަނޑަކަށް 6,500 ރުފިޔާގެ މަގުން) އެ ފައިސާ ދައްކައި ނިންމުމަށެވެ.
ނަމަވެސް، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ހިނގި ޚަރަދުގެ ގޮތުގައި ހޯދުމަށް އެދުނު 42,000 ރުފިޔާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަސްކޮއި ގްރޫޕުން ފައިސާ ނެގުމަށްފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލަތަކާ ގުޅިގެން، އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ކުރިންވެސް ވަނީ ނިންމާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;