ސްޓެލްކޯހެ ހިދުމަތުން މިއަދު ވަކިވި ދެ އިންޖިނޭރުންނަކީ މުހައްމަދު މަނިކާއި އަހްމަދު މައުރޫފް އެވެ. މި ދެ އިންޖިނޭރުންގެ ތެރެއިން ސާވިސް އިންޖިނިާގެ މަގާމުގައި މިހާތަނަށް ހުރި މުހައްމަދު މަނިކު ވަނީ ސްޓެލްކޯގައި 48 އަހަރު ދުވަސް ހިދުމަތްކޮށްފަ އެވެ. އެސިސްޓަންޓް ސާވިސް އިންޖިނިއަރުގެ މަގާމުގައި ހުރި އަހްމަދު މައުރޫފް ވަނީ 37 އަހަރު އެ ކުންފުނީގައި ހިދުމަތްކޮށްފަ އެވެ.
މި ދެ މުވައްޒަފުން ރިޓަޔާކުރުން އެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ވަނީ ސްޓެލްކޯގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދަޅުވީ ހިދުމަތުގައި ގިނަ ދުވަސް ވެފައިވާ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ދެރައެއް ނަމަވެސް، އެ މުވައްޒަފުން ހިދުމަތާއި ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށެވެ.
ތަޖުރިބާކާރު މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏެއްގެ ހައިސިއްޔަތުން ދިމާވާ ބޮޑު ގޮންޖެހުމެއް ކަން އަޒްވަރު ފާހަގަކުރެއްވި އެވެ. އެގޮތުން ކަންކަން ތަރައްޤީކުރުމުގެ ގޮތުން އިންޖީނުތައް އިތުރުކޮށް، އައު މޮޑެލްތައް ހޯދައި، އިމާރާތްތަކުގެ އާބާތުރަފިލުވައި ހެދި ނަމަވެސް އެފަދަ މުވައްޒަފުންގެ ތަޖުރިބާ އަލުން ލިބި ނުގަނެވޭނެ ކަމަށް އަޒްވަރު ވިދާޅުވި އެވެ.
" މިފަދަ ފަރާތްތަކުގެ ތަޖުރިބާ އެއީ އަޅުގަނޑުމެންނަށް ރިޕްލޭސްކުރަން އެއީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑު ޗެލެންޖެއް. މި ބޭފުޅުން އެ ގެންދަވާ އިންސްޓިޓިއުޝަނަލް މެމޮރީ، އެ ކުންފުންޏަކަށް، އެ އިދާރާއަކަށް ހަމަ ވަރަށް މުހިއްމު ކަންތައް އެއީ..... އެ އިންސްޓިޓިއުޝަނަލް މެމޮރީ. އެއީ އަޅުގަނޑުމެންނަށް ގެއްލިގެންދާނެ ވަރަށް މުހިއްމު ބައެއް." އަޒްވަރު ވިދާޅުވި އެވެ.
ޑރ. އަޒްވަރު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް، މިއަދު ވަޒީފާއިން ވަކިވި މުވައްޒަފުންނަކީ ރަނގަޅު ލެގަސީއެއް ދޫކުރި މުވައްޒަފުންތަކެއްކަމަށެވެ. އެގޮތުން އެ ބޭފުޅުންގެ ދަށުން މަސައްކަތްކުރަމުންދިޔަ ޒުވާން ޖީލުތަކަށް އެ ބޭފުޅުން ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާކަން ޑރ. އަޒްވަރު ފާހަގަކުރެއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;