ads
ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ 2 މީހަކަށް ފަރުވާދެނީ، އެކަކީ ދުވަސްވީ މީހެއް
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ ހުޅުމާލޭ ފޭސް ދެެއްގައި މިއަދުވެސް އެކްސިޑެންޓެއް ހިނގައިގެން ހެނދުނު 7:44 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުންނަކީ ސައިކަލްގައި އިން ދެމީހުންކަމަށާއި އެއީ އުމުރުން 62 އަހަރުގެ މީހަކާއި 24 އަހަރުގެ ޒުވާނެއްކަމަށެވެ. މި ދެމީހުންނަކީ ދިވެހި ދެ ފިރިހެނުންކަމަށާއި މީގެތެރެއިން ސައިކަލް ދުއްވަން އިނީ އުމުރުން 62 އަހަރުގެ މީހަކަމަށްވެސް ފުލުހުން ބުނެ އެވެ. މި މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭވެސް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފަ އެވެ. ވިނަރެސް ޓަވަރުތައް ކައިރީ ހިނގި މި އެކްސިޑެންޓްގައި 9 އަހަރުގެ ކުއްޖަކަށް ސީރިއަސް ޒަހަމަތަކެއް ލިބި އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;