ads
އެސްޓީއޯއިން ދޭ އިންޖިނިއަރިން ސްކޮލަޝިޕްތައް ތައާރަފްކުރަން ބޭއްވި ހަފުލާގައި އެކުފުންނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ ބައިވެރިވެވަޑައިގަންަވަނީ - ފޮޓޯ: އެސްޓީއޯ
އިންޖިނިއަރިން ކިޔަވަން ދެ ސްކޮލަޝިޕް އެސްޓީއޯ އިން ތައާރަފުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ދެ ސްކޮލާޝިޕެއް ތައާރަފުކޮށްފި އެވެ.
Advertisement

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން އެސްޓީއޯ އިން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ސްކޮލާޝިޕް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.

އެ ދެ ސްކޮލާޝިޕް ހާއްސަ ކޮށްފައި ވަނީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާ އިން ހާއްސަ ވުމަށާއި އެލަވޭޓާ އިންސްޓޯލޭޝަންގެ ދާއިރާއިން ހާއްސަ ވާން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާ އިން ހާއްސަވާ ސްކޮލަޝިޕަކީ އިންޖިނިއަރިން ދާއިރާއިން އަންޑަ ގްރެޖުއޭޓްވާ މީހުންނަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެކެވެ. އެއީ ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީއަކުން، އެއް އަހަރު ދުވަހުން ނިންމޭ ޕްރޮގްރާމެކެވެ.

ދެވަނަ ސްކޮލާޝިޕް އެލެވޭޓާ އިންސްޓޯލޭޝަނަށް ހާއްސަކުރީ، ދުނިޔޭގެ މަޝްހޫރު "ކޯނޭ" ބްރޭންޑްގެ އެލެވޭޓާ ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯ ކަމަށްވާތީ، މި ދާއިރާއިން ހުނަރުވެރި ދިވެހިން ބިނާކުރުމުގެ މަގުސަދުގައެވެ. މި ފުރުސަތު ފަހިކޮށްދެނީ "ކޯނޭ އެކަޑެމީ" އާ ގުޅިގެންނެވެ.

މި އިވެންޓުގެ އިތުރުން، ބައިވެރިވި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސައިޓް ވިޒިޓްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށާއި، ކޮންކްރީޓް ލެބަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލި އެވެ. 

އަދި މަކިޓާ ޝޯރޫމާއި، ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގ ޓެކްނޮލޮޖީ މަސައްކަތްކުރާ ސަރަހައްދުގެ އިތުރުން، އެލެވޭޓާ/ލިފްޓް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ސައިޓަކަށް ޒިޔާރަތްކޮށް، އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ދަރިވަރުންނަށް އޮޅުންފިލުވައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;