ads
ހުޅުމާލޭ ހޮސްޕިޓަލުގައި ހެލްތު މިނިސްޓަރު ޤީލާ ތިން ޚިދުމަތެއް އިފުތިތާހުކޮށްދެއްވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ހުޅުމާލޭ ހޮސްޕިޓަލުގައި މުޅިން އަލަށް ތިން ހިދުމަތެއް ތައާރަފްކޮށްފި
ހުޅުމާލޭ ހޮސްޕިޓަލުގައި ނިއުރޯލޮޖީ ހިމެނޭހެން ސިއްހީ ތިން ހިދުމަތެއް މިއަދު އިފުތިތާހުކޮށްފި އެވެ.
Advertisement

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނޑާއި ގޮހޮރުގެ ބަލިތަކާއި ނާރު އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. 

ހެލްތު މިނިސްޓްރީން ބުނީ، މި ހިދުމަތްތައް ތައާރަފުކުރެވުމާ އެކު، ސްޕެޝަލިސްޓު ފަރުވާ ހޯދުމަށް އާންމުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ފަހަރަކު ހިދުމަތަކާއެކު ހުޅުމާލެ ހޮސްޕިޓަލަށް ކުރިއެރުން ލިބެމުން އަންނައިރު، ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްފަ އެވެ. ޓަރޝަރީ ފެންވަރަށް އެ ހޮސްޕިޓަލް ބަދަލުކުރީ، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ހިދުމަތްތަކާއެކު އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;