ads
ޝާހުރުކް ހާން
ޝާހްރުކް ހާންގެ ފާހާނާއިން އާދައިގެ ކޯލްގޭޓް ފުޅިއެއް ފެނި ސަޕޯޓަރުން އަންތަރީސް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ މުމްބާއީގައި ހުންނަ ގެ، "މަންނަތު" ގެ ފާހާނާ ކަމަށް ބުނާ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެ އޭގެން ފެނުނު ސަޕޯޓަރުން ހައިރާންވެ އަންތަރީސްވެއްޖެ އެވެ.
Advertisement

ސަޕޯޓަރުންނަށް މިހާ ބޮޑު ހައިރާންކަމެއް ލިބުނީ، އެ ވީޑިއޯއިން ފެންނަ ފާހާނާ ތެރެއިން އާންމުކޮށް ގިނަ މީހުން ބޭނުންކުރާ އާދައިގެ ކޯލްގޭޓް ފުޅިއެއް ފެނުމުންނެވެ.

މި ވީޑިއޯ އާންމުވުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކި ކަހަލަ ސަމާސާ ވާހަކަތައް ދައްކަމުންނެވެ. އެހާ ބޮޑު މަހުޖަނަކު އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް އެކްޓަރު، އާދައިގެ މީހުން ދަތް އުނގުޅަން ބޭނުންކުރާ ކަހަލަ އާދައިގެ ކޯލްގޭޓެއް ބޭނުންކުރުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމަކަށް ވިއެވެ. އެހެންކަމުން ގިނަ މީހުން ވަނީ ޝާހްރުކް ހާން ވެސް ދަތް އުނގުޅަނީ ހަމަ އަހަރެމެން ފަދައިން ކޯލްގޭޓުން ކަމަށް ބުނެ ސަމާސާކޮށްފަ އެވެ.

ވައިރަލްވެފައިވާ ޕޯސްޓުތަކުގައި ބުނާ ގޮތުން، އެ ވީޑިއޯއިން ފެންނަނީ "ކޯލްގޭޓް ޓޯޓަލް" ބްރޭންޑުގެ އާދައިގެ ކޯލްގޭޓެކެވެ. މިއީ އާންމުކޮށް ކޮންމެ ފިހާރައަކުން ވެސް ފަސޭހައިން ގަންނަން ލިބެން ހުންނަ، އަދި އަގުހެޔޮކޮށް އާންމުން ބޭނުންކުރާ އެއްޗަކަށް ވުމުން، މިއީ ގިނަ ބަޔަކަށް ބޮޑު ޖޯކަކަށް ވެފައި ވެއެވެ. ބައެއް މީހުން ވަނީ އެހާ އަގުބޮޑު ގެއެއްގައި އެންމެ އާދައިގެ ކޯލްގޭޓް ހުރުމުން އެކަމާ ސުވާލު ވެސް އުފައްދާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަންނަތުގެ ފާހާނާ ކަމަށް ބުނާ މި ވީޑިއޯ އާންމުވެފައިވަނީ އެ ގޭގެ އެތެރޭގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ އެ ގޭގައި މަސައްކަތްކުރަން އުޅުނު މަސައްކަތްތެރިންގެ ތެރެއިން މީހަކު ނުވަތަ އެހީތެރިއަކު ސިއްރުން ނަގާފައިވާ ވީޑިއޯއެކެވެ. ނަމަވެސް މިއީ ސީދާ ޝާހްރުކްގެ ފާހާނާ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ޝާހްރުކް ހާން ފަދަ ބޮޑެތި ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ބެލުމަކީ އަބަދުވެސް ސަޕޯޓަރުން ވަރަށް ޝައުގުވެރިވާ ކަމެކެވެ. މަންނަތަކީ އިންޑިއާގައި ހުރި އެންމެ އަގުބޮޑު އެއް ގެ ކަމަށްވާއިރު، އެ ގޭގެ އެތެރެ ފެނި، އަދި އާދައިގެ ކޯލްގޭޓެއް ފެނުމަކީ ވެސް ސަޕޯޓަރުންނަށް ލިބުނު ބޮޑު ހައިރާންކަމަކަށް ވަނީ ވެފަ އެވެ. މިކަމާ ގުޅިގެން ޝާހްރުކް ހާންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;