އޭނާ މި ބަލީގައި ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އިމްރާންގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން، އޭނާ ވަނީ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ބޮޑު އިވެންޓެއް ވެސް ފަސްކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، އޭނާ ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށާއި އެހެންކަމުން އެ އިވެންޓަށް ނުދެވުނީ ކަމަށެވެ.
އިމްރާން ބަލިވެގެން ފަރުވާ ހޯދަމުން މިދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "އަވާރާޕަން 2" އަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ. މި ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފިލްމުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތްތަކާ ވެސް އޭނާ ވަނީ ވަގުތީ ގޮތުން ދުރަށް ޖެހިލަން ޖެހިފަ އެވެ.
އިންސްޓަގްރާމްގައި ސަޕޯޓަރުންނަށް ދިން މެސެޖުގައި އިމްރާން ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބެންގަލޫރުގައި އޭނާއަށް އިންތިޒާރުކުރި ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެ މީހުންނާ ބައްދަލުވާނެ ކަމަށް އޭނާ ބުންޏެވެ.
އިމްރާން ހާޝިމީ އަކީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާމިޔާބު އެކްޓަރެކެވެ. އޭނާގެ ބަލި ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ ފޮނުވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;