ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮގަސްޓު 28 ވަނަ ދުވަހުގެ ހަވީރު 17:34 އެހާކަންހާއިރުއެވެ.
ޗާންދަނީ މަގުގައި ވާޖިބު އަދާކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު މިހާރު ވަނީ ސީޒް ކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;