މިފްކޯއިން އެންމެ ފަހުން އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހު އެވެ. އެ މަހު ވަނީ ކަޅުބިލަ މަހެއް 20ރ. އަށް ބޮޑުކޮށްފަ އެވެ.
ކަޅުބިލަމަހުގެ އިތުރުން ބޮޑުކަންނެލީގެ 10-15 ކިލޯ 20ރ. އަށް ވިއްކާ އިރު 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ވިއްކަނީ ކިލޯއެއް 25ރ. ގެ ރޭޓުންނެވެ.
މިފްކޯއިން ބުނީ، މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޔާއަތްކޮށް މަސްވެރިންނަށް އެކަށިގެންވާ އަގެއް ފޯރުކޮސްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
މިހާރު ސަރުކާރުގެ ސިޔާސަތަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ބަދަލާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;