ads
ކްރިސްޓިއާނޯ ރޮނާލްޑޯގެ އާލުކް
ރޮނާލްޑޯގެ އާ ލުކަށް ބޮޑު ތަރުހީބެއް
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ޕޯޗުގަލްގައި ކައިވެނިކުރުމަށް ފަހު، އާ ލުކެއްގައި އާންމުންގެ ތެރެއަށް ނުކުތުމުން ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
Advertisement

ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފައި ވަނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު އެކުގައި އުޅުމަށް ފަހު އެވެ. މި ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޕޯޗުގަލްގެ ކަސްކައިސްގައި ހުންނަ އެ މީހުންގެ ގޭގައި، ހަމައެކަނި އާއިލާގެ މެންބަރުންނާއި ދަރިން ބައިވެރިވި ވަރަށް ސިއްރު ހަފްލާއެއްގަ އެވެ.

ކައިވެންޏަށް ފަހު ރޮނާލްޑޯ އެންމެ ފުރަތަމަ ފެނިގެންދިޔައީ މުޅިން ތަފާތު ސްޓައިލެއްގަ އެވެ. ސޯޝަލް މީޑިއާގައި އޭނާގެ އާ ލުކް އާންމުވުމާއެކު، ގިނަ ބަޔަކު އަންނަނީ މިއީ ކައިވެންޏަށް ފަހު އޭނާ ގެނައި ބަދަލެއް ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ ސަޕޯޓަރުން ބުނެފައި ވަނީ މިއީ ރޮނާލްޑޯގެ ހަޔާތުގެ އާ ސަފުހާއެއް ފެށުނުކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި އޭނާ ފެންނަނީ ކުރިއަށް ވުރެ ބޮޑަށް އުފާވެފައި ހުރި މީހެއްގެ ގޮތުގައި ކަމަށް ވެސް ސަޕޯޓަރުން ބުންޏެވެ.

ދަނޑުމަތީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ވެސް މިވަނީ މުހިންމު ލަނޑުދަނޑިއެއް ހާސިލުކޮށްފަ އެވެ. މި އާ ބަދަލާއެކު އޭނާގެ ކެރިއަރަށާއި ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;