އެ ފުރުސަތު ލިބޭނީ، މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކަށެވެ.
އެ ޕްރޮގްރާމް 2021 ވަނަ އަހަރު ތައާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލަޝިޕް ފޯރުކޮށްދީފަ އެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކަކަމަށެވެ. ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން، [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;