ads
އެމްޑަބްލިއުއެސްސީގެ އާ އޮޑިޓޯރިއަމް ހުޅުވުން
އެމްޑަބްލިއުއެސްސީގެ އާ އޮޑިޓޯރިއަމް ހުޅުވައިފި
ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ - އެމްޑަބްލިޔުއެސްސީގެ އޮޑިޓޯރިއަމް ހުޅުވައިފި އެވެ.
Advertisement

އެމްޑަބްލިޔުއެސްސީގެ އާ އޮޑިޓޯރިއަމަކީ 425 މީހުންގެ ކޮންފަރެންސް ރޫމަކާއި، 28 މީހުންގެ ބޯޑް ރޫމެއް ހިމެނޭ އޮޑިޓޯރިއަމެކެވެ. މިތަނުގައި ކޭޓަރިން ހިދުމަތް ދެވޭނެ އިންތިޒާމާއި ކޮންފަރެންސްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ތަރައްގީކޮށްފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިތަން ތަރައްޤީކޮށްފައިވަނީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންކަމަށެވެ. މި އޮޑިޓޯރިއަމް ނިންމާލާފައިވަނީ 45 ދުވަހުންކަމަށް ފަހުމީ ވިދާޅުވި އެވެ.

މި އޮޑިޓޯރިއަމް ހުޅުވައިދެއްވީ ޝައިޚް އަހުމަދު ސަމީރުއެވެ. މިތަން ކޯޕަރޭޓް އިވެންޓްތަކާއި ސަރުކާރުގެ އެކިއެކި އިވެންޓްތަކަށް ދޫކުރާނެކަމަށް އެ ކުންފުނިން ވަނީ ބުންޏެވެ. އޮޑިޓޯރިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;