ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝްވޭތާ ބުނީ ސުޝާންތުގެ ކުރީގެ މެނޭޖަރު ދިޝާ ސާލިއާންގެ މަރަށް ފަހު، ސުޝާންތު ހުރީ ވަރަށް ބޮޑަށް ބިރުން ކަމަށެވެ. އަދި ބަޔަކު އޭނާ މަރާލަން އުޅޭ ކަމުގެ ބިރު އޭނާގެ ހިތުގައި އޮތް ކަމަށާއި، އެއީ އޭނާއަށް އެނގިފައިވާ ބޮޑު ސިއްރެއް ހާމަކޮށްފާނެތީ ކަމަށް ދައްތަ ބުންޏެވެ.
ސުޝާންތު އަމިއްލައަށް މަރުވީ ކަމަށް ފުލުހުން ބުނި ނަމަވެސް އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ. ޝްވޭތާ ބުނި ގޮތުގައި ސުޝާންތުގެ ކޮޓަރި އެތެރެއިން ތަޅުލާފައި ހުރި އިރު، ތަޅުދަނޑި ވީތަނެއް ނޭނގުމަކީ ވަރަށް ބޮޑު ސުވާލެކެވެ. މީގެ އިތުރުން ފަންކާއާއި އެނދާ ދެމެދުގައި ހުރި ދުރުމިނަކީ މީހަކަށް އެލިގެން މަރުވެވޭނެ ފަދަ ޖާގައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ ދެހާސް ވިހި ވަނަ އަހަރުގެ ޖޫން މަހު މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމަންޓުންނެވެ. އޭނާގެ މަރަށް ހަ އަހަރު ފާއިތުވެފައި ވީނަމަވެސް، ސަޕޯޓަރުންނާއި އާއިލާއިން އަދިވެސް އަންނަނީ އިންސާފު ހޯދުމަށް ގޮވާލަމުންނެވެ. އަދި މި މައްސަލައިގެ ފަހުގެ ނިންމުމެއް ކަމާބެހޭ އިދާރާތަކުން އަދިވެސް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;