ads
މިލަންދޫ
މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
ށ. މިލަންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 22 އަހަރުގެ ޒުވާނާގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
Advertisement

އޭނާގެ ބަންދަށް ފުރަތަމަ ދިން 12 ދުވަހުގެ މުއްދަތު ހަމަވުމުން އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ. ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ކަތިވަޅިއެއް ހިފައިގެން ގޮސް މީހަކަށް ހަމަލާދޭން އުޅުމުގެ އިތުރުން، އެ ސަރަހައްދުގައި ހުރި އާންމު ފަރުދަކަށްވެސް ކަތިވަޅިން ޖަހަން މަސައްކަތްކޮށްފައެވެ. ފުލުހުން އެ ސަރަހައްދަށް އައުމުން ގެންގުޅުނު ކަތިވަޅި ސައިކަލު މަޑިދަށަށް ލައި ފޮރުވި ނަމަވެސް، ފުލުހުން ބަލައިފާސްކުރިއިރު ސައިކަލު މަޑިދަށުން ކަތިވަޅިއަކާއި ދެ ވަޅި ފެނިފައިވެއެވެ.

އެ ވަގުތު ހުރީ މަސްތުގެ ޙާލަތުގައި ކަމަށާއި، ކުށުގެ ވެއްޓަށް ގޮސް އަޑުގަދަކުރި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މީހުންނަށް ބިރުދެއްކުމަކީ ނުރައްކާތެރި ކުށަކަށްވާއިރު، ޚާއްޞަ ޤާނޫނުގެ ދަށުން މިފަދަ ކުށްކުރާ މީހުންނަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އާދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;