ads
ޑްރޯންއެއްގައި ޖަލަށް ޑްރަގު ވައްދަން މަސައްކަތްކޮށްފި
ޑްރޯން ބޭނުންކޮށްގެން ޖަލަށް ޑްރަގު އެތެރެކުރަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް 395.92 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ކ. ކާށިދޫ މީހާ މާފުށީ މެޖިސްޓްރޭޓް ކޯޓުން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައަޅައިފިއެވެ.
Advertisement

މީގެ ދެ މަހެއްހާ ދުވަސް ކުރިން ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާ، މާފުށީ ކޯޓުން ދެ ފަހަރެއްގެ މަތިން (8 ދުވަސް އަދި 9 ދުވަސް) ބަންދުގައި ބެހެއްޓުމަށްފަހު، 30 ޖުލައި 2026 ގައި ވަނީ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.

އެ ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށް ބުނީ، ދަށު ކޯޓުން އޭނާ ދޫކޮށްލީ މަތީ މަރުހަލާގެ ކޯޓުތަކުގެ އުޞޫލުތަކާ އެއްގޮތަށް ސަބަބު ސާފުކޮށް ބަޔާންނުކޮށް ކަމަށެވެ. 

އޭނާ ދިރިއުޅޭ ކޮޓަރިން ޓްރެފިކިން މިންގަނޑަށް ފެތޭ މަސްތުވާތަކެތި ފެނިފައިވާތީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލައިގެ ވަށައިގެންވާ ހާލަތްތަކަށާއި މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލަށް ދަށު ކޯޓުން އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާތީ ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.

އޭނާ ބަންދުގައި ބަހައްޓަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭނަމަ، ދެ ދުވަހުގެ ތެރޭގައި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށާއި، އެއާއެކު އެ ކޯޓުން ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;