އޮޑިޓަާ ޖެނެރަލް އޮފީހުންވަނީ މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް އާޢްމުކޮށްފަ އެވެ.
އޮޑިޓް ރިޕޯޓް ދައްކާގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ވަނީ 132.8 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. އޭގެއިތުރުން ސީއެސްއާރުގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބި ފަންޑުގެ ޖުމްލަ އަދަދު 157.8 މިލިއަނަށް އެރިކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އެ ރިޕޯޓްގައިވާ ގޮތުން އެ ފަންޑުން މިދިޔަ އަހަރުވަނީ 8.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ފައިސާ ހަރަދުކޮށްފައިވަނީ ސަލްޓަން ޕާކް އަދި ޖުމްހޫރީ މައިދާނުގައި ބެހެއްޓިފައިވާ ފައުންޓެއިންތައް ބަދަލުކުރުމާއި، މަރާމާތު ކުރުމަށްކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މި ފައިސާ ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީއަށް ކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ލިބެންޖެހޭ ފައިސާގެ ގޮތުގައި 56.8 މިލިއަން ރުފިޔާ ނުލިބާކަން އޮޑިޓް ރިޕޯޓްގައިވެ އެވެ. އެހެންކަމުން މި ފަންޑުގައި މިދިޔަ އަހަރު ނިމުނު އިރު ހުރީ 149.2 މިލިއަން ރުފިޔާކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;